އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ކްލަބް ވޯލްޑް ކަޕް: ބަޔާން މިއުނިކް ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީން ސެމީ ފައިނަލުން ޖާގަ ހޯދައިފި

2-0 އިން ބަޔާން މިއުނިކް ބަލިކޮށް، ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީން ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މަސެޑީސް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި، ބަޔާންގެ ޑަޔޫޓް އުޕަމެކާނޯ ޖެހި ގޯލެއް ވަނީ އޮފްސައިޑްވެފަ އެވެ. ޕީއެސްޖީގެ ޑެޒެއާ ޑޫއޭ ޖެހި ބޯޅައެއް ވަނީ ދަނޑިކައިރިން ބޭރުން ގޮސްފަ އެވެ.

ބަޔާން މިއުނިކް އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕީއެސްޖީން 1-0 އިން ކުރީގައި އޮއްވައި، އެ ޓީމުގެ ވިލިއަން ޕަޗޯ އަށް 82 ވަނަ މިނިޓްގައި ރަތް ކާޑު ދެއްކިއިރު، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ދެ ވަނަ މިނިޓްގައި، ލޫކަސް ހެނާންޑޭޒް އަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ.

ބަޔާނަށް މި މެޗުގައި ދިމާވި އެއް މައްސަލަ އަކީ، އެ ޓީމުގެ ޖަމާލް މުސިއާލާގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ބަދަލުކުރަން ޖެހުމެވެ. ޕީއެސްޖީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާގެ ގައި ދަށުވެ، މުސިއާލާގެ ކުޑަހުޅަށް ލިބުނު އަނިޔާގައި އޭނާ ދަނޑުން ބޭލީ އަށިގަނޑުގަ އެވެ.

ގުޅުންހުރި ލިޔުންތައް