އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ޔުވެންޓަސް ބަލިކޮށް ރެއާލް މެޑްރިޑް ކުލަބު ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް

ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިޓަލީގެ ޔުވެންޓަސް 1-0 ގެ ނަތީޖާއަކުން ބަލިކޮށް، ސްޕެއިންގެ ރެއާލް މެޑްރިޑް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ދެވަނަ ބުރުން ރެއާލް މެޑްރިޑް ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ގުރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޔުވެންޓަސް ދެވަނަ ބުރުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް ޖީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ ޔުވެންޓަސްގެ ފަރާތުންނެވެ.

ރެއާލް މެޑްރިޑާއި ޔުވެންޓަސް ވާދަކުރި މެޗުގެ ތެރެއިން

އެގޮތުން ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި ޔުވެންޓަސްގެ ފޯވާޑް މުއާނީއަށް ލިބުނު ހުސް ފުރުސަތެއްގައި ބޯޅައާއެކު ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ރެއާލްގެ ކީޕަރު ޖޯޓުއާ ބޯމަތިން ގޯލުތެރެއަށް ފޮނުވާލުމަށް މަސައްކަތްކުރި ބޯޅަ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑިމަތިން ދިޔައީ ބޭރަށެވެ.

މީގެ އިތުރުން މިހާފުގައި ރެއާލްގެ ކެޕްޓަން ފެޑަރީކޯ ވަލްވާޑޭގެ އިތުރުން ޖޫޑް ބެލިންހަމްއަށް ވަނީ މެޗުގެ ލީޑު ހޯދުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ރެއާލް މެޑްރިޑުންނެވެ. ނަތީޖާއެއްގެ ގޮތުން ފަހުހާފުގެ 54 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިޔާ އެވެ. އަދި މިއީ އުމުރުން 21 އަހަރުގެ ފޯވާޑް މިމުބާރާތުގައި ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

މީގެ އިތުރުން ވެސް މިހާފުގައި ރެއާލް މެޑްރިޑުން ވަނީ ޔުވެންޓަސްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

ގުޅުންހުރި ލިޔުންތައް