ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ޑިޕްލޮމެޓިކް ގުޅުންތަކުގައި ރާއްޖެއާއި ކެނެޑާއާއި ދެމެދު އޮތީ އެކުވެރި ގުޅުމެއް: ރައީސް

މިދިޔަ ސާޅީސް އަހަރުގެ ޑިޕްލޮމެޓިކް ގުޅުންތަކުގައި ރާއްޖެއާއި ކެނެޑާއާއި ދެމެދު އޮތީ އެކުވެރި ގުޅުމެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކެނެޑާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ މެސެޖުގައި ކެނެޑާގެ ގަވަރނަރ، ޕްރައިމް މިނިސްޓަރ އަދި ސަރުކާރާއި ރައްޔިތުންނަށް އެމަނިކުފާނު ދުވަހުގެ ތަހުނިޔާ ފޮނުއްވިއެވެ. އެމަނިކުފާނު ވަނީ ރާއްޖެއާއި ކެނޭޑާއާއި ދެމެދު އޮތް 40 އަހަރު ވީ ޑިޕޮލޮމެޓިކް ގުޅުމަކީ އެކުވެރި ގުޅުމެއް ކަމަށް ވިދާޅުވެ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް