ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް އިންޓަ މިލާން ދަތުރުކޮށްފި

މިހާރު އެމެރިކާގައި ކުރިޔަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އީގެ މެޗުތަކުން މޮޅުވެ، އިންޓަރ މިލާން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. އިންޓަރ މިލާން ވަނީ ރިވަރ ޕްލޭޓް އާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވެފައެވެ.

އިންޓަރ މިލާން އާއި އާރޖެންޓީނާގެ ގަދަބާރު ރިވަރޕްލޭޓް ވާދަކުރިމެޗުގައި އިންޓަރގެ ގޯލުތައް ފެންނަންފެށީ ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ރިވަރޕްލޭޓް ގެ ލޫކަސް މާޓީނޭޒް އަށް ރަށްޚާޑު ދެއްކުމަށްފަހުގައެވެ. އިންޓަރ ގެ ފުރަތަމަ ގޯލު ޖެހީ ފްރަންޗެސްކޯ އެސްޕޮސިޓޯއެވެ. އަދި މެޗުގެ އިންޖުރީ ޓައިމްގައި އެލެސާންޑްރޯ ބަސްޓޯނީ ވަނީ އިންޓަރގެ ދެވަނަ ގޯލު ޖަހާފައެވެ.

މި ނަތީޖާތަކާ އެކު އިންޓަރ މިލާން ވަނީ ގްރޫޕް އީގެ އެއްވަނަ ހޯދައި ގަދަ 16 އަށް ދަތުުރކޮށްފައެވެ. ގަދަ 16 ގައި އިންޓަރ ފްލޫމިނޭސް އާއި ވާދަކުރާއިރު، މިގްރޫޕްގެ ދެވަނަ ލިބުނު މޮންޓެރޭ ގަދަ 16 ގައި ވާދަކުރާނީ ބްރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް