ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

މިއަދު ތަހައްމަލުކުރަމުން މިދަނީ މާ އުފާވެރި ވެރިކަމެއް، ހުޅުވާލެވިފައިވާ ވެރިކަމެއް: ވަޒީރު ނާޒިމް

މިއަދު ތަހައްމަލުކުރަމުން މިދަނީ މާ އުފާވެރި ވެރިކަމެއް ކަމަށާއި ހުޅުވާލެވިފައިވާ ވެރިކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ ޑިމޮކްރަސީ އައުމަށްފަހު، ކޮންމެ ވެރިކަމެއްގައި ވެސް ސިޔާސީ ލީޑަރުން ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރުވެގެންދިޔަ އިރުވެސް ސިޔާސީ ލީޑަރަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ސިޔާސީ ޕާޓީތަކަށް މިނިވަންކަމެއް ނުދޭ ނަމަ، އެ ކުރެވެނީ ގައުމު ފަނާކުރުމުގެ މަސައްކަތެއް ކަމަށާއި މިއަދު ސިޔާސީ ހަރަކާތް ހިންގަން ފުރިހަމަ މިނިވަންކަން ލިބި، ފެންނަމުންދަނީ އުފާވެރި ވެރިކަމެއް ކަމަށެވެ. އަދި ރައީސް މުއިއްޒު ހުޅުވާލެވިފައިވާ ވެރިކަމެއް ހިންގަވައި، އަމާން ވެއްޓެއް ގާއިމުކޮށްދެއްވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާޔޫސްވެފައިވާ ދަނޑިވަޅެއްގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒު ކުރައްވަނީ ގައުމު ބިނާކުރެއްވުމުގެ މަސައްކަތްޕުޅެއް ކަމަށާއި ސިއްހީ ނިޒާމަށްފަހު ގިނަ ހެޔޮ ބަދަލުތަކެއް ގެންނަވަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް