ޕޯޗުގަލްގެ ގައުމީ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
އެޤަޢުމުގެ ޤަޢުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވާފައިވަނީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ޕޯޗުގަލް ދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސް މާސެލޯ ރެބެލޯ ޑި ސޯސާ އާއި ބޮޑުވަޒީރު ލުއިސް މޮންޓެނީގްރޯއަށް ފޮނުއްވާ ކަމަށެވެ. އަދި މީގެއިތުރުން އެޤަޢުމުގެ ރައްޔިތުންނަށްވެސް މި ދުވަހުގެ ތަހުނިޔާ ރައީސް ވަނީ ފޮނުއްވަވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޕޯޗުގަލްއާއެކު މަޝްވަރާކުރާ ކޮންމެ ދާއިރާއަކުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި، އެ ހުރިހާ ދާއިރާއަކުން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރުއްވިއެވެ.
އަދި މީގެ އިތުރުން މިއަހަރަކީ ޕޯޗުގަލްއާއި ރާއްޖޭގެ ގުޅުމަށް 30 އަހަރު ފުރޭ މުނާސަބު އަހަރުކަމަށް ވިދާޅުވަމުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ދެޤަޢުމުގެ ގުޅުން އިތުރަށް ރަނގަޅުވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ވަނީ ފާހަގަކޮށްފައެވެ.
ޕޯޗުގަލްގައި ގައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގަލް ދުވަހުގެ ގޮތުގައެވެ.