އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

ސަރުކާރުގެ އަމާޒަކީ މިދައުރު ނިމޭއިރު ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެންދިއުން: ވަޒީރު އާދަމް ނަޞީރު

އަމާޒަކީ މިދައުރު ނިމޭއިރު ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެންދިއުން ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ތަރިކަ ހިމާޔަތްކޮށް ދަމަހައްޓައި، އާމްދަނީ ލިބޭނެ އުސޫލެއް ކަނޑައެޅުމަކީ އެ ވުޒާރާގެ ޒިންމާއެއް ކަމަށާއި، އެއީ އެ ވުޒާރާއާއި އެހެން ދެ ތިން ވުޒާރާއަކާ ގުޅިގެން ކުރާ މަސައްކަތެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ މިކަމާ ގުޅޭ އޮނިގަނޑެއް މިހާރު ތައްޔާރުކޮށްފައިވާ ކަމަށާއި، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތަށް އެކަން ގެންދިއުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން، އެ ވުޒާރާއިން ތަރައްޤީކުރަން ގަސްތުކުރާ އިންޓަރެކްޓިވް މިއުޒިއަމްގެ ކުރެހުންތަކާއި ކަރުދާހުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި، ދެން އޮންނާނީ ޢަމަލީ މަސައްކަތް ފެށުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

”އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް އަޅުގަނޑުމެން ފަށާނަން އިންޓަރެކްޓިވް މިއުޒިއަމްގެ“، ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއީ ތަރިކައިން އާމްދަނީ ހޯދުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން، ޣާޒީ ރަދުންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި މަސައްކަތްތަކެއް ކުރަން ވަރަށް އަވަހަށް ފެށޭނެ ކަމުގައިވެސް ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.

”ޤައުމީ ދުވަހަށް ވާއިރު، އެ މަޝްރޫޢު އެއީ ދެ އަހަރު ދުވަހަށް އޮތް މަޝްރޫޢެއް. އެހެންވީމާ އޭގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައެއް އިރާދަކުރެއްވިއްޔާ ކުރިއަށްގޮސްފައި އޮންނާނީ“، ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް