އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ކަނޑުގެ ވަސީލަތްތަކަކީ ހަމައެކަނި ވަސީލަތެއް ނޫން، އެއީ މުޅި ދިރިއުޅުން: ރައީސް

މޫސުމީ ބަދަލުތަކުން ކުރާ އަސަރުން ރާއްޖޭގެ ކަނޑުތައް ހިމާޔަތް ކުރަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ކަނޑުގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑަކީ އޭގެ މައްޗަށް ދިރިއުޅުން ބަރޯސާވެފައިވާ ވަސީލަތެއް އެކަނި ނޫން ކަމަށާއި މުޅި ދިރިއުޅުން ކަމަށެވެ. އަދި ދުނިޔޭގެ ދުޅަހެޔޮކަން ފެށެނީ ކަނޑުގެ ދިރުންތަކުގެ ދުޅަހެޔޮކަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ކަނޑުގެ ވަސީލަތްތަކަކީ ހަމައެކަނި ވަސީލަތެއް ނޫން، އެއީ މުޅި ދިރިއުޅުން. ދިވެހިންގެ ދިރިއުޅުން ހަމަޖައްސަމުން ދަނީ ކަނޑުގެ ވަސީލަތްތަކުން ކުރާ މަސްވެރިކަމާއި ޓޫރިޒަމް އަދި އެހެނިހެން މަސައްކަތްތަކުން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ބައިނަލްއަގުވާމީ ކަނޑުގެ ދުވަހާ އެކު މިއަދު އަޒުމު އާކުރާންވީ ކަނޑުތައް ހިމާޔަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތް އިތުރުކޮށް އެކަމަށް މުޅި ދުނިޔޭން ވެސް އިހުތިރާމްކޮށް އިޖާބަދިނުމަށް ކަމަަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް