ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށް ވަޒީރުންގެ ޓީމެއް މިނާ ފޭލިގެއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި މިވަގުތު މައްކާގައި ތިއްބެވި ވަޒީރުންގެ ޓީމުން މިނާ ޓެންޓަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ވަފުދު މިނާ ޓެންޓަށް ޒިޔާރަތް ކުރައްވާފައިވަނީ ރޭގައެވެ. މި ވަފުދުގައި ފޭލިގެއަށް ވަޑައިގަންނަވާފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރުގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލްއާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.

ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށް ވަޒީރުންގެ ޓީމެއް މިނާ ފޭލިގެއަށް ޒިޔާރަތްކުރެއްވުން

މި ޒިޔާރަތުގައި ވަޒީރުން ވަނީ ޙައްޖުވެރިންނާއި ޙައްޖު ކޯޕަރޭޝަން އަދި މުޠައްވިފްގެ ބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ.

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ 1000 ޙައްޖުވެރިން، ޢަރަފާތާއި މުޛްދަލިފާގެ ރުކުން ފުރިހަމަ ކުރުމަށްފަހު ބޮޑު ޖަމްރާއަށް ހިލައުކާ އިޙްރާމް ކަނޑާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިވަގުތު ހުރިހާ ޙައްޖުވެރިންވެސް ތިބީ މިނާ ފޭލިގެތަކުގައެވެ.

ގުޅުންހުރި ލިޔުންތައް