އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

މާލޭގެ ނޯތު ހާބަރު ތަރައްޤީކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި އެމްޕީއެލް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި

މާލޭގެ ނޯތު ހާބަރު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ހަރުދަނާކަމާއެކު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ހިންގުމަށްޓަކައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ކެޕްޓަން އަބްދުލް ލަތީފް މުހައްމަދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން، މާލޭގެ ނޯތު ހާބަރު ސަރަޙައްދު ތަރައްޤީކުރުމުގެމަސައްކަތް ކުރިއަށްދާނެ ގޮތާއި، އެ ސަރަޙައްދު ބެލެހެއްޓުމުގެ ޒިންމާތައް ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އެންމެ މުހިންމު ވިޔަފާރި ބަނދަރުގެ ގޮތުގައިބެލެވޭ މާލޭ ނޯތު ހާބަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައިވެސް އެ މިނިސްޓްރީނ ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ސަބަބުން މާލޭގެ ނޯތު ހާބަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިއަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށާއި، މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް އިތުރުކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ބެލެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް