ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ޞިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތަކަށް މި ސަރުކާރު އޮތީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރައްޔިތުންގެ ދިރިއުޅުމަށް އުފާފަގަތިކަން ގެނެސް، ޤައުމުގެ ތަރައްޤީއަށް ކަމެއްކޮށް ދިނުމުގެ ހަގީގީ މަންފާ ޙާޞިލްވާނީ، ޞިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރެވިގެން ކަމަށާ، މި ދާއިރާގެ ކުރިއެރުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން މި ސަރުކާރު އޮތީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ރޭ ކުރިއަށް ދިޔަ ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ދަޢުވަތަކަށެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

ޢުމްރާނީ ގޮތުންނާއި ފަންނިއްޔާތާއި އިންސާނީ ވަސީލަތުގެ ގޮތުން ޞިއްޙީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް، އެކި ގޮތްގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތައްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ޙިއްޞާކުރެއްވިއެވެ.

ވަރުގަދަ، އިތުބާރުހުރި، ޕްރައިމަރީ، ޕްރިވެންޓިވް އަދި ކިއުރެޓިވް ހެލްތްކެއާއަށް އަދުގެ ސަރުކާރުން ވުނަކުރަމުން މިދަނީ، ކޮންމެ މީހަކަށްވެސް، ކޮންމެ ހިސާބެއްގައި ހުރެގެންވެސް، އެ މީހަކަށް ބޭނުންވާ ފަރުވާ ލިބޭނެ ގޮތް ކަށަވަރުކޮށްދިނުމުގެ މަޤުޞަދުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަމުގައި ގޮންޖެހުންތައް ގިނަވި ނަމަވެސް އަބަދުވެސް އިސްކުރައްވާނީ ރައްޔިތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރަނީ، ޕްރިވެންޓިވް ހެލްތްކެއާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން، މީގެ ކުރިން ރާއްޖޭގައި ދުވަހަކުވެސް ޙައްލު ނުލިބޭ މިންވަރަށް، ފެންވަރު ރަނގަޅު، އަދި ހެޔޮ އަގުގައި ޞިއްޙީ ފަރުވާ އެންމެންނަށް ކަށަވަރުކޮށް ދެއްވުމަށް ކަމަށް ވާ އިރު، ސަރުކާރުގެ ކޮންމެ ނިންމެވުމެއްވެސް ދައްކުވައިދެނީ އެއް ކަމެއް ކަމަށާ، އެއީ ފައިދާއަށްވުރެ ޕްރިވެންޓިވް ހެލްތްކެއާއަށް އިސްކަން ދޭންޖެހޭ ޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް