އާޖެންޓީނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް، ހާވިއޭ ޖެރާޑޯ މިލެއި އަށާއި، އެމަނިކުފާނުގެ ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައިފިއެވެ.
އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ، އާޖެންޓީނާގެ ރައީސަށް ފުރިހަމަ ސިއްޙަތަކަށް އެދިވަޑައިގެން، އާޖެންޓީނާގެ ރައްޔިތުންނަށް ކުރިއެރުމާއި ބާއްޖަވެރިކަމަށް އެދިވަޑައިގެންފައެވެ.
އާޖެންޓީނާގެ ޤައުމީ ދުވަހަކީ މެއި މަހުގެ 25 ވަނަ ދުވަހެވެ.



