ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

އިމިގްރޭޝަނުން ފުރަތަމަ ފަހަރަށް އޮޕަރޭޝަންތަކުގައި ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި

މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގައި ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

މިގޮތުން އިމިގްރޭޝަނުންގެ އޮފިސަރުން ބޮޑީ ކެމެރާގެ ބޭނުން ފުރަތަމަ ފަހަރަށް ބޭނުންކޮށްފައިވަނީ އިއްޔެ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ހުޅުމާލެ ފޭސް 1 ގެ ސަރަހައްދެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 03 ބިދޭސީއަކު އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަންގައި އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށާފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދަނީ ދޭތެރެދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް