ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިލަތިލާން ހުޅުވައިލި ފުރުސަތު ހަމަވިއިރު، 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ މަމަގާމުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ރައްޔިތުންގެ މަޖިލީހުން ވަކިކުރުމުންނެވެ.
ޖޭއެސްސީން މިމަހުގެ 17 ވަނަ ދުވަހު ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ އެވެ. އެ މުއްދަތު އިއްޔެ މެންދުރުފަހު 12:00 އަށް ހަމަވެފައިވާއިރު 12 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އެއީ؛
1.ހައިކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް
2.ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް
3.ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަބްދުލްގަނީ މުހައްމަދު
4.ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
5.ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު
6.ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް
7.ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާގިބް އަހުމަދު
8.ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު
9.ކުރީގެ އެސިސްޓެންޓް ފްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒުނާ އަހުމަދު
10.ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް
11.ގ. އަންމޯލް، އިބްރާހީމް އަލީ
12.ގއ. ކޮނޑޭ، ދާރުއްސަލާމް، މުހައްމަދު އިބްރާހީމް
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނު ކުރަނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އެ ކޯޓުގައި ތިއްބަވަނީ ހަތް ފަނޑިޔާރުންގެ ބެންޗެކެވެ.



