ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ތެލަސީމިއާ ފަރުވާއަށާއި ޓެލެމެޑިސިންގެ ދާއިރާއިން އެހީތެރިކަން ހޯދުމަށް އިޓަލީ އާއި އެކު މަޝްވަރާކޮށްފި

ތެލަސީމިއާ ފަރުވާ އަދި ޓެލެމެޑިސިންގެ ދާއިރާއިން އެހީތެރިކަން ހޯދުމަށް އިޓަލީ އާއި އެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ ރާއްޖޭގެ ސިއްޙަތާއި ބެހޭ ވަޒީރު އަބުދުﷲ ނާޒިމް އިބްރާހީމް އާއި އިޓަލީގެ މިނިސްޓަރ އޮފް ހެލްތު ޕްރޮފެސަރ އޮރާޒިއޯ ޝިލާސީ އާއި ދެމެދެއެވެ.

ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ 78 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ކުރެއްވި މި ބައްދަލުވުމުގައި ތެލަސީމިއާ ފަރުވާ، އަދި ޓެލެމެޑިސިން ފަދަ ދާއިރާއިން ރައްޖެއަށް އެއްބާރުލުން ހޯދުމަށް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގެ ސަބަބުން ކުރިޔަށް އޮތްތަނުގައި އިޓަލީއިން ރާއްޖެއަށް ތެލަސީމިއާ ފަރުވާއާއި ޓެލަމެޑިސިންގގެ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް ސިއްޙަތާއި ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް