ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ދުވާފަރުގައި ކުރިޔަށްގެންދިޔަ ނިޔަމި ކޯސް 2 ކާމިޔާބުކަމާއެކު ނިންމާލައިފި

ދުވާފަރު ޔޫތް މޫވްމަންޓާއި މެރިޓައިމް ޓްރޭނިންގ އިންސްޓިޓިއުޓް(އެމްޓީއައި) ގުޅިގެން ރ. ދުވާފަރުގައި ކުރިޔަށް ގެންދިޔަ ނިޔަމި ކޯސް 2، ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.  

ދުވާފަރު ޔޫތް މޫވްމަންޓުން އިސްނަގައިގެން މިމަހުގެ 15 ވަނަ ދުވަހު ދުވާފަރުގައި ފެށި މި ކޯހަކީ، ކަނޑު އުޅަނދު ދުއްވާ ފަރާތްތަކަކީ ސަރުކާރު ޤަބޫލުކުރާ ލައިސަންސް އޮވެގެން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަނޑު އުޅަނދު ފަހަރު ދުއްވާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދިޔަ ކޯހެކެވެ.

ދުވާފަރުގައި ކުރިޔަށް ގެންދިޔަ ނިޔަމި ކޯސް 2 ގެ ތެރެއިން | ފޮޓޯ: ދުވާފަރު ޔޫތް މޫވްމަންޓް

މި ކޯހުގައި، ރ.އަތޮޅުގައި ލޯންޗު ދުއްވާ ކެޕްޓަނުންނާއި، މަސްވެރިންނާއި، މި ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ހިމެނޭގޮތުން ޖުމްލަ 35 ފަރާތުން ބައިވެރިވެފައިވާކަމަށް އެމްޓީއައިއިން މަޢުލޫމާތު ދެއެވެ.

އެކި އުމުރުފުރާތަކުގެ ބައިވެރިން ހިމެނޭގޮތައް 30 ގަޑީއިރަށް ކުރިޔަށްގެންދިޔަ މި ކޯހުގައި، މެރިޓައިމް ނެވިގޭޝަން، ކޮމިއުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ސިއްހީ ފުރަތަމައެހީ، ކަނޑު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތައް އަދި ޗާޓު ވޯކްސްގެ ބައިތައް ދަނީ އުނގަންނައިދެމުންނެވެ. އަދި، އުޅަނދު ގެންގުޅޭނެ ގޮތާއި، އުޅަނދު މެއިންޓެއިންކޮށް ބަލަހައްޓާނެ ގޮތާއި، ސަލާމަތީގޮތުން އުޅަނދުފަހަރުގަ ފުރިހަމަވާންޖެހޭނެ މިންގަނޑުތަށް ދަސްކޮށްދެމުންދާކަމަށް އެމްޓީއައިއިން ބުންޏެވެ.

ދުވާފަރުގައި ކުރިޔަށް ގެންދިޔަ ނިޔަމި ކޯސް 2 ގެ ތެރެއިން | ފޮޓޯ: ދުވާފަރު ޔޫތް މޫވްމަންޓް

ނިޔަމި ކޯސް 2 އަކީ، ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B ގެ އުޅަނދުތަކުގެ ކެޕްޓަންކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭކޯހެކެވެ.

މި ކޯސް ކުރިޔަށް ގެންދިޔުމަށް މެރިޓައިމްގެ ފަރާތުން ވެދެއްވި އެއްބާރުލާއި ބެހެއްޓެވި ގާތްކަމަށްޓަކައި ދުވާފަރު ޔޫތް މޫވްމަންޓުން ފަރާތުން ވަނީ އެފަރާތައް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މެރިޓައިމް އާއި ގުޅިގެން ރަށުގެ ޒުވާނުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދޭ ކުރުމުއްދަތުގެ ކޯސްތައް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާކަމަށްވެސް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް