އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާކުރުމަށް ”ތައްޔާރު“ މަޝްރޫޢު ފަށައިފި

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާކުރުމަށް ”ތައްޔާރު“ މަޝްރޫޢު ފަށައިފިއެވެ.

މި މަޝްރޫޢޔ ރަސްމީކޮށް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމެވެ.

”ތައްޔާރު“ މަޝްރޫޢަކީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އަވަސް އިންޒާރުގެ ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ފަށާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢަކީ ޔޫއެންޑީޕީ މޯލްޑިވްސް އަދި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ) އާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދިމާވެދާނެ ގުދުރަތީ ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭ މަޢުލޫމާތު އަވަހަށް ފޯރުކޮށްދިނުމެވެ.

ވަޒީރު ޠާރިޤް ވިދާޅުވީ، ”ތައްޔާރު މަޝްރޫޢަކީ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށް ވަރަށް މުހިންމު މަޝްރޫޢެއް. މި މަޝްރޫޢުގެ ސަބަބުން އަޅުގަނޑުމެންނަށް މޫސުމާ ގުޅޭ މުހިންމު މަޢުލޫމާތު އަވަހަށް ލިބި، އެކަމަށް ތައްޔާރުވުމުގެ ފުރުޞަތު ލިބިގެންދާނެ.“

ޔޫއެންޑީޕީ މޯލްޑިވްސްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ވިދާޅުވީ މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޓެކްނިކަލް ޤާބިލުކަން އިތުރުކޮށް، މޫސުމާ ގުޅޭ ޑޭޓާ އެއްކުރުމާއި ދިރާސާކުރުމުގެ ނިޒާމު ހަރުދަނާކުރެވޭނެއެވެ. އަދި މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މޫސުމާ ގުޅޭ މަޢުލޫމާތު އެއްކުރާ މަރުކަޒުތައް ޤާއިމުކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް