ބުރާސްފަތި, ޑިސެމްބަރ 11, 2025
spot_img
- Advertisement -spot_img

ބްރޯޑްކޮމްގެ މެންބަރުކަމަށް ރިލްވާން އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ޓީ މޯލްޑިވްސް ގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ މޫސާ ރިޟުވާން އައްޔަނުކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ފުރުސަތު ހުޅުވާލުމުގެ 10 ބޭފުޅަކު ކުރިމަތިލެއްވި އެވެ. ރައީސް ވަނީ އެ ނަންތައް ތަރުތީބު ކުރައްވާ އެންމެ އިސްކަންދޭ ބޭފުޅުން ފާހަގަ ކުރައްވާ މަޖިލީހަށް ފޮނުވާފަ އެވެ. މަޖިލީހުގެ ކޮމެޓީގައި އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ނިންމީ ފަސް ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވާށެވެ.

އެގޮތުން ކޮމިޓީން މާކްސް ދީފައިވަނީ؛

ޒީނާ ޒާހިރު – 85 އިންސައްތަ

އާއިޝަތު ޝިޔާނާ – 83 އިންސައްތަ

ޝިމްލާ އަހުމަދު – 82 އިންސައްތަ

މޫސާ ރިލްވާން – 81 އިންސައްތަ

ޒަމްއަތު އަހުމަދު ވަހީދު – 77 އިންސައްތަ

މަޖިލީހުގެ ތަޅުމުގައި އެންމެ ފުރަތަމަ ވޯޓަށް އެހީ އެންމެ ގިނަ މާކްސް ލިބުނު ޒީނާ ޒާހިރު މަގާމަށް އައްޔަން ކުރުމާމެދު މެންބަރުންގެ ރުހުން ހޯދުމަށެވެ. ޒީނާ އައްޔަނުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. ބާކީ 52 މެންބަރުން ވޯޓު ދެއްވީ ދެކޮޅަށެވެ.

އެއަށްފަހު ލިސްޓުގެ ދެވަނައިގައި އިން ޝިޔާނާ އައްޔަނުކުރަން ފެންނަ ކަމާމެދު ވޯޓަށް އެހުމުން އޭނާ އއައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ބާކީ 55 މެންބަރުން ވޯޓު ދެއްވީ ދެކޮޅަށެވެ.

މީގެ އިތުރުން ލިސްޓުގެ ތިންވަނައިގައި އިން ޝިމްލާ އައްޔަނުކުރަން ފެންނަ ކަމަށް  14 މެންބަރުން ވޯޓު ދެއްވި އިރު، އޭނާ އައްޔަންކުރަން ނުފެންނަ ކަމަށް 54 މެންބަރުން ވޯޓު ދެއްވިއެވެ.

ލިސްޓުގެ 4 ވަނައިގައި އިން ރިލްވާން، ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަނުކުރަން ފާސްކުރީ މަޖިލީހުގެ 70 މެންބަރުންގެ އިއްތިފާގުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް