ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ދުންފަތް ކޮންޓްރޯލް ކުރުމަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިޔުއެޗްއޯގެ ތަޢުރީފް

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވި އައު ރެޕްރެޒެންޓޭޓިވް، މސ. ޕޭޑެން މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މަންދޫބު ޕޭޑެންއާ ބައްދަލުކުރައްވައި އާންމު ސިއްހަތުގެ ރައްކާތެރިކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން މި ބައްދަލުވުމުގައި މިސް ޕޭޑެން ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގެންގުޅުއްވާ ސިޔާސަތާއި އަޅުއްވާ ފިޔަވަޅުތަކަށް އަދި ޒުވާން ޖީލު ދުނަފަތުން ރައްކާތެރިކުރުމަށް އަޅުއްވާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވާފައެވެ.

މީގެ އިތުރުން ސިއްހީ ނިޒާމު ހަރުދަނާކުރުމާއި، އާއްމު ޞިއްހަތު ރައްކާތެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކަށް ޑަބްލިޔުއެޗްއޯއިން ދެއްވާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ދެއްވާނެކަމުގެ ޔަޤީންކަންވަނީ ދެއްވާފައެވެ.

މީގެ އިތުރުން ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން ޞިއްހީ ދާއިރާ ކުރިއެރުވުމުގައި ރާއްޖެއިން އިސްކަންދޭ ކަންކަން ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަންވަނީ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް