ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ރ. ދުވާފަރު ހިމެނޭހެން 40 އަށް ވުރެ ގިނަ ރަށުގައި ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުވާލައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 40 އަށް ވުރެ ގިނަ ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް މިއަދު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސުން ކުރި އިއުލާނުގައިވާ ގޮތުން، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން، އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ މެދުވެރިކޮށެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ގިނަ ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގައި ކަމަށްވާއިރު، އެ ސިޓީގައި 2،000 ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން:

– ކ.ތުލުސްދޫގައި: 550 ހައުސިންގް ޔުނިޓް

– ސ.ހިތަދޫގައި: 500 ހައުސިންގް ޔުނިޓް

– ފުވައްމުލައް ސިޓީގައި: 500 ހައުސިންގް ޔުނިޓް

– ގދ.ތިނަދޫގައި: 500 ހައުސިންގް ޔުނިޓް

– ލ.ފޮނަދޫގައި: 500 ހައުސިންގް ޔުނިޓް

– ލ.ގަމުގައި: 500 ހައުސިންގް ޔުނިޓް

– ދ.ކުޑަހުވަދޫގައި: 500 ހައުސިންގް ޔުނިޓް

– ރ.އުނގޫފާރުގައި: 500 ހައުސިންގް ޔުނިޓް

– ހދ.ހަނިމާދޫގައި: 500 ހައުސިންގް ޔުނިޓް

– ގދ.ފަރެސްމާތޮޑާގައި: 50 ހައުސިންގް ޔުނިޓް

– ގދ.ހޯޑެއްދޫގައި: 50 ހައުސިންގް ޔުނިޓް

– ގއ.ކޮލަމާފުށީގައި: 50 ހައުސިންގް ޔުނިޓް

– ގއ.ގެމަނަފުށީގައި: 50 ހައުސިންގް ޔުނިޓް

– ތ.ހިރިލަންދޫގައި: 50 ހައުސިންގް ޔުނިޓް

– ރ.އިންނަމާދޫގައި: 50 ހައުސިންގް ޔުނިޓް

– މ.ކޮޅުފުށީގައި: 50 ހައުސިންގް ޔުނިޓް

– ނ.މިލަދޫގައި: 50 ހައުސިންގް ޔުނިޓް

– ނ.މަނަދޫގައި: 50 ހައުސިންގް ޔުނިޓް

– ށ.ކޮމަންޑޫގައި: 50 ހައުސިންގް ޔުނިޓް

– ހދ.ކުރިނބީގައި: 50 ހައުސިންގް ޔުނިޓް

– ހއ.އުތީމުގައި: 50 ހައުސިންގް ޔުނިޓް

– ހއ.ކެލާގައި: 50 ހައުސިންގް ޔުނިޓް

– އދ.ދިގުރަށުގައި: 50 ހައުސިންގް ޔުނިޓް

– ޅ.ނައިފަރުގައި: 400 ހައުސިންގް ޔުނިޓް

– މ.މުލީގައި: 300 ހައުސިންގް ޔުނިޓް

– ހދ.ނޮޅިވަރަމްފަރުގައި: 250 ހައުސިންގް ޔުނިޓް

– ގއ ވިލިނގިލީގައި: 225 ހައުސިންގް ޔުނިޓް

– ސ.ފޭދޫގައި: 200 ހައުސިންގް ޔުނިޓް

– ގދ.މަޑަވެލީގައި: 200 ހައުސިންގް ޔުނިޓް

– ޅ.ކުރެންދޫގައި: 50 ހައުސިންގް ޔުނިޓް

– ދ.މީދޫގައި: 200 ހައުސިންގް ޔުނިޓް

– ފ.ނިލަންދޫގައި: 200 ހައުސިންގް ޔުނިޓް

– ރ.ދުވާފަރުގައި: 200 ހައުސިންގް ޔުނިޓް

– ށ.މިލަންދޫގައި: 200 ހައުސިންގް ޔުނިޓް

– ހއ.ހޯރަފުށީގައި: 200 ހައުސިންގް ޔުނިޓް

– ހއ.ދިއްދޫގައި: 200 ހައުސިންގް ޔުނިޓް

– މަހިބަދޫގައި: 150 ހައުސިންގް ޔުނިޓް

– ށ.ފޯކައިދޫގައި: 150 ހައުސިންގް ޔުނިޓް

-ރ.ރަސްމާދޫގައި: 50 ހައުސިންގް ޔުނިޓް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުން، މިއަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށްވާއިރު، ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ފުޅާ ދާއިރާއެއްގައި ގެދޮރުވެރިކަމަށް މަގުފަހިކޮށްދޭނެ ބަޖެޓެއް ކަމުގައި ވިދާޅުވިއެވެ.

މިގޮތުން 56.6 ބިލިއަން ރުފިޔާގެ މިއަހަރުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާ ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ޚާއްޞަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހު ސަރުކާރުން ވަނީ 57 ރަށެއްގައި 12،000 ހައުސިންގ ޔުނިޓް އެޅުމަށް އިޢުލާންކޮށްފައެވެ.

އަދި މިހާރު މި އިޢުލާންކުރި މަޝްރޫޢުގެ ދަށުން ގިނަ އަދަދެއްގެ ރަށްތަކުގައި 50 އާއި 2،000 އާ ދެމެދުގެ އަދަދަކަށް ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް