އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ސިފައިންގެ އަސްކަރީ ޤާބިލިއްޔަތު އިތުރުކޮށްދެއްވަން ރައީސް ކޮށްދެއްވާ މަސައްކަތްޕުޅަށް ދިފާޢީ ވަޒީރު ޝުކުރު ދަންނަވައިފި

ސިފައިންގެ އަސްކަރީ ޤާބިލިއްޔަތު އިތުރުކޮށްދެއްވަން ރައީސް ކޮށްދެއްވާ މަސައްކަތްޕުޅަށް ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން ޝުކުރު ދަންނަވައިފިއެވެ.

ވަޒީރު މިފަދައިން ޝުކުރު ދެންނެވީ މިއަދު ސިފައިންގެ 133 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން ސިފައިންގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޣައްސާން ވަނީ 133 ވަނަ ސިފައިންގެ ދުވަހުގެ ތަހުނިޔާ، ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ސިފައިންގެ ލީޑަރޝިޕް އަދި ދިވެހި ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ދަންނަވައިފައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ދިފާޢީ ބާރުގެ ޤާބިލިއްޔަތު އިތުރުކޮށްދެއްވުމަށް ރައީސް ޑރ. މުޢިއްޒު ކޮށްދެއްވާ ބުރަ މަސައްކަތްޕުޅަށް ދިވެހި ސިފައިންގެ ނަންފުޅުގައާއި ދިފާޢީ ވުޒާރާގެ ނަމުގައި އަދި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ޚުދު އެމަނިކުފާނުގެ އަމިއްލަ ނަމުގައި ހިފެހެއްޓުމެއް ނެތި ޝުކުރު ދަންނަވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ޤާބިލް އަސްކަރިއްޔާއަކީ ޤައުމުގެ ފަޚުރެވެ.

ގުޅުންހުރި ލިޔުންތައް