ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ފިޔޯރީ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ގދ. ފިޔޯރީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު ފިޔޯރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވާފައިވަނީ ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕލކ (އެމްޓީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ އެވެ.

މި ރަސްމިއްޔާތުގައި ރައްޔިޔުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، އަދި ގދ. ފިޔޯރީ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އަޢިވީނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ގދ.ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 38 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަޝްރޫޢުގެ ދަށުން، އައު ބަނދަރު ފުންކުރުމާއި، ރިވެޓްމަންޓް ޖެހުމާއި، އެއްގަމު ތޮށި ޖެހުމާއި، ބަނދަރުގެ ނެރު ބައްތިއާއި މަގު ބައްތި ޖެހުމަށްވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް