- Advertisement -spot_img

”އެމްޕަވާމަންޓް ހަބް“ގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޒަކާތު ހައުސްއިން ބައްދަލުވުމެއް ބާއްވައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމްގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ ބައިވެރިވެލައްވާފައެވެ.

މީގެ އިތުރުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޢިއްޒުދީން ޢަދުނާންއާއި ޒަކާތު ހައުސްގެ ބައެއް އިސްވެރިންނާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ އިސްވެރިންގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އިސް ބޭފުޅުންވެސް ބައިވެރިވެލައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި އިޖުތިމާއީ އާއި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ގުޅިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ’އެމްޕަވާމަންޓް ހަބް’ގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމެކެވެ.

އެމްޕަވާމަންޓް ހަބްގެ އަމާޒަކީ ސްކޫލް މަރުހަލާ ފުރިހަމަކުރުމަށްފަހުގައި މުޖުތަމަޢުއަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެ ފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް ހޯދައިދިނުމެވެ.

ގުޅުންހުރި ލިޔުންތައް