- Advertisement -spot_img

ޣައްޒާގެ ހާލަތާ ގުޅިގެން އަޑުއުފުލުމަށް މާދަމާ ސައިކަލު ބުރެއް ބާއްވަނީ

ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ ގުޅިގެން އަޑުއުފުލުމަށްޓަކައި، ދީނީ ޢިލްމުވެރިންނާއި މަދަނީ ޖަމްޢިއްޔާތަކުގެ އިސްނެގުމުގެ މަތިން ސައިކަލު ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ސައިކަލު ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހުކުރު ދުވަހުގެ ހަވީރު މާލޭގައެވެ. މި ކަން އިޢުލާނު ކުރައްވަމުން، ދީނީ ޢިލްމުވެރިޔާ ޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް ވަނީ އިޖްތިމާޢީ ވިއުގަތަކުގައި މި މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ހުކުރު ދުވަހު ސައިކަލު ބުރު ފެށޭނީ ރަސްފަންނު ކައިރީން ހަވީރު 4:30 ގަ އެވެ. ސައިކަލު ބުރު އޮންނާނީ މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ. އަދި ރެލީ ނިންމާލުމުގެ ގޮތުން ޚާއްސަ ހަރަކާތެއް އޮންނާނެ އެވެ.

އިއްޔެ ބޭއްވުނު ނޫސްވެރިންގެ ޚާއްޞަ ބައްދަލުވުމެއްގައި، މި ސައިކަލު ބުރާ ގުޅޭ އިތުރު ތަފްޞީލުތައް ހާމަކުރެވުނެވެ. މި ބައްދަލުވުމުގައި، ޢިލްމުވެރިން ވަނީ ޣައްޒާގެ ރައްޔިތުންގެ ޙައްޤުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލައްވާފައެވެ.

އިސްރާއީލުގެ އަނިޔާވެރި ޢުދުވާނުގެ ސަބަބުން ޣައްޒާގައި ދިމާވެފައިވާ އިންސާނީ ކާރިސާގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 50،752 މީހުން ޝަހީދުވެ، 115،475 މީހުން ޒަޚަމްވެފޚަމްވެފައިވެއެވެ. އަދި ވަގުތީ ހުއްޓުމަކަށްފަހު މާރޗް 18 ގައި އަލުން ފެށުނު ހަމަލާތަކުގައި 1،400 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 3،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަން ފާހަގަކުރެވެއެވެ.

މި ޝަހީދުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަން ވެސް ފާހަގަކުރެވެއެވެ. އެހެންނަމަވެސް މިކަމަށް ޙައްލެއް ގެނައުމަށް ދުނިޔެ ވަނީ ފިނޑިވެ ނުކުޅެދިފައެވެ.

ގުޅުންހުރި ލިޔުންތައް