ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ހަނިމާދޫ މިސްކިތް ނިންމަން އެމްޓިސީސީއާއި ހަވާލުކޮށްފި

ހދ. ހަނިމާދޫގައި އަޅާ މިސްކިތުގެ ނުނިމިހުރި މަސައްކަތް ކުރިޔަށް ގެންދަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

ހަނިމާދޫގައި އަޅަމުންދާ މިސްކިތް އިމާރާތްކުރަން ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު 6 ވަނަ ދުވަހުއެވެ. 365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އެ މަޝްރޫއުގެ ފަހު ތާރީހަކީ 2023 ވަނަ އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހެވެ. ނަމަވެސް، އަދާ ހަމައަށް ވެސް އެ މިސްކިތުގެ މަސައްކަތް އެއްކޮށް ނިމިފައި ނުވާތީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.

އެގޮތުން މިއަދު އިސްލާމި މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ، އިބްރާހިމް އާސިމް އެވެ.

12 މިލިއަން ރުފިޔާގެ މި މަޝްރޫޢު އަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ ހަނިމާދޫގައި ދީނީ އުމްރާނީ ވަސީލަތްތައް އިތުރުކުރުމާއި، ދީނީ ތަޢުލީމާއި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމާއި، ރަށުގެ ރޫޙާނީ އަދި އިޖްތިމާޢީ އެއްބައިވަންތަކަން ހަރުދަނާކުރުމެވެ.

ގުޅުންހުރި ލިޔުންތައް