މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު (އެމްއައިއޭ) ގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން އިޢުލާންކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަން ކުރި އިއުލާނުގައި ވަނީ އެ މަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދިވެހި އަދި ބޭރު ކުންފުނިތަކަށް ހުޅުވާލާފައެވެ.
އެ ޓާމިނަލުން 900 އަކަމީޓަރު ބޮޑުކުރަން ވަނީ ނިންމާފައެވެ. އެގޮތުން ޓާމިނަލްގެ ވީއަޕީގެ އިތުރު ލައުންޖްތައް ހުންނާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ވަނީ މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 12:00 ގެ ކުރިން އީއޯއައި ފޯމް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރުމަށް އެދިފައެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މާފަރު އެއާޕޯޓުގެ ޓަރމިނަލްގެ މަސައްކަތް ހަވާލުކުރެވޭނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކަމަށެވެ.
2019 ވަނަ އަހަރު ހުޅުވި މާފަރު އެއާޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައި ވަނީ 2020 ވަނަ އަހަރުއެވެ. މާފަރު އެއާޕޯޓަކީ ޕްރައިވެޓު ޖެޓުތައް ވަރަށް ގިނައިން ޖައްސާ އެއާޕޯޓެކެވެ.



