”ނެކްސްޓްޖެން ލައިފް ސްކިލްސް ބޫޓްކޭމްޕް“ ގެ ނަމުގައި ހާއްސަ ބޫޓްކޭމްޕެއް ބާއްވަން، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި ޕްރޮގްރާމަކީ 18 އަހަރާއި 27 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ.
މި މަހުގެ 9، 10 އަދި 12 ވަނަ ދުވަހަށް ކުރިޔަށްދާ މި ޕްރޮގްރާމް ހިންމުގަށް ހަމަޖެހިފައިވަނީ މާލޭގެ ސޯޝަލް ސެންޓަރުގައި ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އަމިއްލަ ތަރައްގީއާއި، ޓީމްވޯކް އަދި މަޖާ އެކު ހަރަކާތްތަކުގެ ތަޖުރިބާ ލިބިގެންދާނެއެވެ.
މި ބޫޓްކޭމްޕުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހުޅުވާލާފައިވާއިރު މި ސެޝަންގައި ބައިވެރިވުމަށް 7925704 އަށް ގުޅާލުމުން ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި ބައިވެރިންނަށް ކެއުމުގެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ބައެއް ހަރަކާތްތައް ވިލިމާލެ ބީޗުގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.



