ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

”ޢީދު ހަވީރު“ ހޯމަ ދުވަހާއި އަންގާރަ ދުވަހުވެސް ބާއްވާގޮތަށް ސަރުކާރުން ނިންމަވައިފި

ފިޠުރު ޢީދު ފާހަގަކުރުމަށް މާލޭގައި މިއަދު އޮތް ”ޢީދު ހަވީރު“ ހޯމަ ދުވަހާއި އަންގާރަ ދުވަހު ހަވީރުވެސް ކުރިއަށް ގެންދަވާގޮތަށް ސަރުކާރުން މިރޭ ހަމަޖައްސަވައިފިއެވެ.

ކުރިއަށް މިއޮތް ދެ ދުވަހުވެސް ”ޢީދު ހަވީރު“ ބާއްވަވަން މިނިންމެވީ، ވަރަށް ގިނަ ޢާއިލާތަކުން މިކަމަށް އެދި ޝައުގު ފާޅުކުރަމުންދާތީއެވެ. އަދި މިއީ ފަހުގެ ތާރީޚުގައި މާލޭގައި ފިޠުރު ޢީދެއްގައި އާއިލާތަކާއެކު މިފަދަ ގޮތަކަށް އެއްތަނަކަށް ޖަމާވެ، އުފާފާޅުކޮށްލަން ލިބުނު އެންމެ އުފާވެރި ފުރުސަތުކަމަށް ވާތީއެވެ.

މި ހަރަކާތް ކުރިއަށް މިއޮތް 2 ދުވަހުވެސް އޮންނާނީ ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގެ އިތުރުން ސަލްޓަން ޕާކުގައެވެ.

ފިޠުރު ޢިދު ދުވަހު ބޭއްވި ޢީދު ހަވީރަކީ ޤައުމީ ދިފާޢީ ބާރުން އިސްނަގައިގެން ސަރުކާރުގެ ބައެއް މުއައްސަސާތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝަޢުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނއިގެން އިންތިޒާމްކުރި މިހަރަކާތުގައި ރާއްޖޭގެ ކުރީގެ ސަޤާފަތް ދައްކާލުމާއި، ކުރީ ޒަމާނުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ވަނީ ދައްކާލާފައެވެ. އަދި ކުޑަކުދިންނާ ގުޅޭ ޒަމާނީ ކެރެކްޓަރތައްވެސްވަނީ ދައްކާލާފައެވެ. މިހަވީރުގައި އެކި އުމުރުފުރާގެ ގިނަބަޔަކުވަނީ ބައިވެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް