މާދަމާއަކީ މި އަހަރުގެ ފިޠުރު ޢީދު ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައި އިއުލާނުކޮށްފިއެވެ.
މާދަމާއަކީ މިއަަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑަައަޅުއްވައި، އިޢުލާންކުުރެއްވީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީގެ ފަރާތުން އިއްވެވި ހަނދާ ބެހޭ ބަޔާނުގައެވެ.
އެ ވުޒާރާގެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކަށް ހަނދު ނުފެނުނު ނަމަވެސް އިސްލާމީ ބައެއް ޤައުމުތަކަށް ހަނދު ސާބިތުވެފައިވާކަމުގެ ޚަބަރު ރަސްމީކޮށް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން މާރިޗު 30ވާ އާދީއްތަ ދުވަހަކީ ޙިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސްކަމަށާއި އަދި އެދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ހަނދާބެހޭ ބެހޭގޮތުން އިއްވެވި ބަޔާނުގައި ވިދާޅުވިއެވެ.



