ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ރ. ދުވާފަރުގައި އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރަން އެމްޓީސީސީ އާއި ހަވާލުކޮށްފި

ރ. ދުވާފަރުގައި އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.

ޖުމްލަ 38 މިލިޔަން ރުފިޔާ ޚަރަދުވާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓި ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސަޢުދީއެވެ.

މި އިމާރާތުގެ ސަބަބުން ރ. ދުވާފަރުގައި އެންމެ އެކަށީގެންވާ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެވިގެންދާނެއެވެ.

މީގެއިތުރު މިއަދު ވަނީ އިތުރު 7 ރަށެއްގައި ފުލުހުންގެ ޢިމާރާތް އެޅުމަށް ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ. އެމްޓީސީސީގެ އިތުރުން މިމަޝްރޫޢުތައް ހަވާލުކޮށްފައިވަނީ އާރްޑީސީ އަދި ފެނަކަ ކޯޕަރޭޝަނާއެވެ.

މަސައްކަތް ހަވާލުކުރި ރަށްތައް:

ހދ. ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 2.2 މިލިޔަން ރުފިޔާ

ކޮންޓްރެކްޓަރ: އެމްޓީސީސީ

ފުވައްމުލަކު ސިޓީގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 20 މިލިޔަން ރުފިޔާ

ކޮންޓްރެކްޓަރ: އެމްޓީސީސީ

ހއ. މާރަންދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 2.2 މިލިޔަން ރުފިޔާ

ކޮންޓްރެކްޓަރ: އެމްޓީސީސީ

ހއ. ބާރަށުގައި ރަށު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 13 މިލިޔަން ރުފިޔާ

ކޮންޓްރެކްޓަރ: އެމްޓީސީސީ

ރ. ދުވާފަރުގައި އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 38 މިލިޔަން ރުފިޔާ

ކޮންޓްރެކްޓަރ:އެމްޓީސީސީ

ވ. ފެލިދޫގައި އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 38 މިލިޔަން ރުފިޔާ

ކޮންޓްރެކްޓަރ: އެމްޓީސީސީ

ބ. ދަރަވަންދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 2.2 މިލިޔަން ރުފިޔާ

ކޮންޓްރެކްޓަރ: ފެނަކަ ކޯޕްރޭޝަން

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރަކީ ސަރުކާރުގެ ޢުމްރާނީ ތަރައްޤީގެ އަހަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ތަޞައްވުރުކުރައްވާފައިވާތީ އެނިންމުމާއެކު އެމަނިކުފާނުގެ ޚާއްސަ އިރުޝާދުގެ ދަށުން ފުލުހުންގެ މުއައްސަސާގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ.

އެގޮތުން މި މަސައްކަތުގެ ދަށުން މުޅި ޖުމްލަ 83 ރަށެއްގައި ފުހުލުންގެ ޢިމާރާތްތައް އެޅުމަށް ސަރުކާރުގެ ކުންފުނިތަކާއި ވަނީ ހަވާލުކުރައްވާފައެވެ. އަދި މިމަޝްރޫޢުގެ ދަށުން މި 83 ޢިމާރާތް ތަރައްޤީކުރެވުމުން ރާއްޖޭގައި ޚިދުމަތް ނެތް ރަށްރަށުގެ ތެރެއިން ދެބައިކުޅަ އެއްބައި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް