- Advertisement -spot_img

އުލިގަމުގައި އިމިގްރޭޝަންގެ އާ އިމާރާތެއް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި

ހއ. އުލިގަމުގައި އިމިގްރޭޝަންގެ އާ އިމާރާތެއް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ލިމިޑެޓް، އެމްޓީސީސީއާއެކު ސޮއިކޮށްފިއެވެ.

ހއ. އުލިގަމުގައި އެޅުމަށް ހަމަޖެހިފައިވާ އައު އިމާރާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، އިހަވަންދިއްޕޮޅުގައި ފަށާފާއިވާ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތާ ގުޅިގެން، ބޭރު ޤައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަންގެ ކްލިއަރެންސް ދިނުމަށް އަޅާ އިމާރާތެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އުލިގަމުގައި މިހާރު ފޯރުކޮށްދެމުން އަންނަނީ ހަމައެކަނި ސީޕޯޓްގެ ޚިދުމަތްތައް ނަމަވެސް އައު އިމާރާތާއެކު ޕާސްޕޯޓް އަދި ވިސާފަދަ އެހެނިހެން އިމިގްރޭޝަންގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވި، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްޤީވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އުލިގަމުގައި އިމިގްރޭޝަންގެ އައު އިމާރާތެއް އެޅުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީއެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް އަޙްމަދު ފަޞީހްއެެވެ.

ސަރުކާރުން އަންނަނީ އިމިގްރޭޝަންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރައްވަމުންނެވެ. އެގޮތުން ކޮންމެ އަތޮޅަކުންވެސް ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެގޮތް އަންނަނީ ހަމަޖައްސަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް