- Advertisement -spot_img

ކީރިތި ޤުރުއާނަށް ލޯބި ކުރާ މުޖުތަމައެއް ބިނާ ކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބުވާތަން ފެނުމަކީ އުފާވެރި މަންޒަރެއްކަމަށް ނާއިބު ރައީސް ވިދާޅުވެއްޖެ

ކީރިތި ޤުރުއާން އުނގެނި ދީނީ ކަންކަމަށް ލޯބި ކުރާ މުޖުތަމައެއް ބިނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަތިވެރި މަސައްކަތް ކާމިޔާބު ވަމުންދާތަން ފެނުމަކީ އުފާވެރި މަންޒަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޙާފިޡް ކަމުގެ ސަނަދު މިރޭ ހާސިލު ކުރެއްވި 24 ހާފިޒުންނަށް މަރުހަބާ ދަންނަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނާއިބު ރައީސް ވިދާޅުވީ ރޭގައި ފެނިގެން މި ދިޔައީ ދީނީ ކަންކަމަށް އިސްކަންދޭ ޒުވާން ޖީލެއް ދިވެހި ރާއްޖޭގައި ބިނާ ކުރެވެމުންދާ އުފާވެރި މަންޒަރު ކަމަށެވެ.

”ކީރިތި ޤުރުއާން އުނގެނި ދީނީ ކަންކަމަށް ލޯބި ކުރާ މުޖުތަމައެއް ބިނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަތިވެރި މަސައްކަތް ކާމިޔާބު ވަމުންދާތަން ފެނުމަކީ އުފާވެރި މަންޒަރެއް.“ – ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.

ރޭގައި އޮތް ރަސްމިއްޔާތުގައި ޙާފިޡް ކަމުގެ ސަނަދު ހާސިލު ކުރެއްވި 24 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަނަދު ދެއްވާފަ އެވެ. މިއީ އެއް އަހަރުތެރޭ އެންމެ ގިނަ ޙާފިޒުން ސަނަދު ހާސިލު ކުރެއްވި އަހަރެވެ.

މިދިޔަ ނުވަ މަސްތެރޭ 24 ފަރާތަކުން ސަނަދު ހާސިލުކުރައްވާފައިވާއިރު ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ޙާފިޒުން އުފެއްދޭ މިންވަރަށް ޤުރުއާން ހިތުން ދަސްކުރުމުގެ މަޝްރޫއު ފުޅާ ކުރެއްވުމެވެ.

ގުޅުންހުރި ލިޔުންތައް