- Advertisement -spot_img

އިމިގްރޭޝަންގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ”ހަވީރީ ކުއިޒް“ ބާއްވައިފި

ދިވެހިރާއްޖޭގެ އިމިގްރޭޝަނަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ވަރަށް ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.

މިގޮތުން އިމިގްރޭޝަނުން ވަނީ އެ މުއައްސަސާގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން އިއްޔެ ހަވީރު ކުޑަކުދިންނަށް އަމާޒުކޮށްގެން ”ހަވީރީ ކުއިޒް“ ގެ ނަމުގައި ކުއިޒެއް ހިންގައިފައެވެ.

މި ކުއިޒްގައި އިމިގްރޭޝަނާ ގުޅުންހުރި ސުވާލުތައް ކުދިންނާ ކޮށްފައިވެއެވެ. އަދި ރަނގަޅު ޖަވާބު ދިން ކުދިންނަށް އިމިގްރޭޝަނުން ވަނީ އިނާމު ދީފައެވެ.

އެ މުއައްސަސާއިން ބުނީ ކުޑަކުދިންނާއެކު ކުރިއަށްގެންދެވުނު މި ހަރަކާތަކީ ވަރަށް ހަނދާނީ ހަރަކާތެއް ކަމަށެވެ.

އިމިގްރޭޝަންގެ ޚިދުމަތް ރާއްޖޭގައި ފެށިފައިވަނީ 24 މާރިޗު 1950 އެވެ.

ގުޅުންހުރި ލިޔުންތައް