- Advertisement -spot_img

ރާއްޖޭގެ އިސްލާމީ ލައިބްރަރީ ބަންދުކޮށްފައި ހުންނަތާ 10 އަހަރު ފަހުން އަލުން ހުޅުވުމަށް ތައްޔާރުވަނީ

އިސްލާމީ ކުޠުބުޚާނާ އަލުން ހުޅުވާ ހުރިހާ އިސްލާމިކް ސެންޓަރުތަކެއްގައި ލައިބްރަރީ ޤާއިމު ކުރަން ނިންމައިފި އެވެ.

އެކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު, ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ހާމަ ކުރައްވާފައެވެ.

އިސްލާމީ މަރުކަޒުގައި ކުރިން ހުރި އިސްލާމީ ލައިބްރަރީ އަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ލައިބްރަރީ އެވެ. ނަމަވެސް ވަޒީރު, ޝަހީމް ވިދާޅުވި ގޮތުގައި އެ ލައިބްރަރީ މިހާރު ހުރީ ނެތިވެ ގޮސްފައެވެ.

އަދި ހަޤީޤީ ލައިބްރަރީ ނެތި 10 ވަރަކަށް އަހަރު ފާއިތުވެއްޖެ ކަމަށް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ އިސްލާމީ ކުތުބުޚާނާ ހުޅުވުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. މި ފަހަރު ލައިބްރަރީ ޤާއިމު ކުރައްވަން ނިންމަވާފައި ވަނީ ސަލްމާން ސެންޓަރުގައެވެ. އަދި ވިދާޅުވީ އަންނަ މޭ މަހު ސަލްމާން ސެންޓަރުގައި އެ ކުތުބުޚާނާ ހުޅުވިގެންދާނެ ކަމަށެވެ. މިކަމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ދަނީ ނިމެމުން ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ހުރިހާ އިސްލާމިކް ސެންޓަރެއްގައި ކުތުބުހާނާ ހުޅުވިގެންދާނެ ކަމަށެވެ. އެ މަސައްކަތް މި އަހަރު ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް