ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ފިޠުރު ޢީދާ ދިމާކޮށް ސަރުކާރުން މިހާރު ހަރުކުރަމުންދާ ޢީދު ލައިޓުތައް ދިއްލުމަށް ތައްޔާރުވަނީ

މިއަހަރުގެ ފިޠުރު ޢީދާ ދިމާކޮށް ސަރުކާރުން މިހާރު ހަރުކުރަމުންދާ ޢީދު ލައިޓުތައް މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ދިއްލަން ފަށާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ފިޠުރު ޢީދު ދުވަހު ރާއްޖޭގެ ރަށްތައް ދިއްލުމަށް ބޭނުންވާނެ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި އެގޮތުގެ މަތިން މިއަހަރު 36 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޢީދު ލައިޓު ފޮނުވަން ނިންމާފައިވާ ކަމަށް ވަޒީރު އާދަމް ޝަރީފު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އީދާއި ދިމާކޮށް ރާއްޖެ ދިއްލުމަކީ ރައީސްގެ އިސްނެންގެވުމާއިއެކު ކުރިޔަށްދާ ހަރަކާތެއް

ވަޒީރު އާދަމް ޝަރީފު ވިދާޅުވީ ޢީދު ލައިޓުތައް ދިއްލުމުގައި ފެނިގެންދާ އެކުވެރިކަމާއި، އޭގެ ޒަރީޢާއިން ފެނިގެންދާ އިސްލާމީ ޝިޢާރުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އިސްލާމީ ވަޙުދަތު ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށެވެ. އަދި ރައީސް މުޢިއްޒު މާލެ ސިޓީގެ މޭޔަރުގެ ގޮތޮގައި ހުންނެވިއިރު ރަށްތަކުގައި ކުލަގަދަކޮށް ޢީދު ލައިޓުތައް ދިއްލަން ފެށި ހިސާބުން ފެށިގެން މިދިޔަ އަހަރުވެސް ލައިޓުތައް ގެނައުމުން އެކި ރަށްތަކުން ލައިޓު ބޭނުންވެގެން ހުއްޓުމެއްނެތި އެކަމަށް އެދެމުންދިޔަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ލައިޓުތައް ހަރުކުރުމުގެ މަސައްކަތް މާލެ ސަރަހައްދުގައި މިހާރުވެސް ފެށިގެން ކުރިއަށްދާއިރު، މިއަހަރުގެ ފިޠުރު ޢީދަށް ފޯރިގަދަ ގިނަ ކަންތައްތަކެއް ރޭވިފައިވާކަން، ދައުކަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ފާހަގަ ކުރެއްވިއެވެ.

”އެންމެ ފުރަތަމަ ކަމަށް ލައިޓުތައް އަޅުގަނޑުމެން 29 ވަނަ ދުވަހުގެ ރޭ ދިއްލާނަން. އަދި ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ޢީދު ސަލާން ކުރުން ވެސް އެބައޮތް. އަދި އެދުވަހުގެ (ޢީދު ދުވަހުގެ) ހަވީރު 4:00 އިން 6:00 އަށް، މިހާތަނަށް ފާހަގަ ނުކުރާހާ ކުލަގަދަކޮށް، މާލޭގައި ޢީދު ދުވަސް ފާހަގަ ކުރެވިގެންދާނެ“ ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް