- Advertisement -spot_img

އިންޖިނިއަރިންގ ދާއިރާއަށް ޚާއްސަ ސްކޮލަރޝިޕް ޕްރޮގްރާމެއް ސްޓްލްކޯއިން އިޢުލާނުކޮށްފި

އިންޖިނިއަރިންގ ދާއިރާއަށް ޚާއްސަ ސްކޮލަރޝިޕް ޕްރޮގްރާމެއް ސްޓްލްކޯއިން އިޢުލާނުކޮށްފިއެވެ.

ސްޓެލްކޯ މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕް އާ ގުޅޭ ގޮތުން އެ ކުންފުނިން އިއްޔެ ކުރި އިޢުލާނެއްގައި ބުނީ ސްކޮލަރޝިޕް ކޯސްތަކުގެ ލެވެލް އަކީ ބެޗްލަރސް ޑިގްރީ (އަންޑަރ ގްރެޖުއޭޓް) ކަމަށެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ލިބޭނީ ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) ގައި ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ކޯހުގެ ދާއިރާ އަދި ދާއިރާއަށް ކަނޑައެޅިފައިވާ އަދަދު:

އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ (1 ޖާގަ)

މެކޭނިކަލް އިންޖިނިއަރިންގ (2 ޖާގަ)

ސްޓެލްކޯއިން ބުނީ މި ކޯސްތަކާ ގުޅޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ވެބްސައިޓް އަދި ފޯން ނަންބަރު 3338236 / 3338480 އަށް ގުޅައިގެން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން، އިތުރު މަޢުލޫމާތު ސާފުކުރުމަށް scholarship@stelco.com އަށް އީމެއިލް ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް