ބުރާސްފަތި, ޑިސެމްބަރ 11, 2025
spot_img
- Advertisement -spot_img

ޝަހީދުންގެ އާއިލާތަކަށް އިނާޔަތް ދޭން ސަރުކާރުން ނިންމައިފި

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލަމާތްކުރުމުގައި ޝަހީދުވި ބޭފުޅުންގެ އާއިލާއަށް އިނާޔަތް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ މި އިނާޔަތަކީ 3 ނޮވެމްބަރު 1988 ވަނަ ދުވަހުގެ އުދުވާނީ ހަމަލާއިން ގައުމާއި ރައްޔިތުން ސަލާމަތްކުރުމަށްޓަކާ، ދިވެހި ރައްޔިތުންގެ ހައްގުގައި ވެވަޑައިގެންނެވި ގުރުބާނީއާއި މަތިވެރި ޖިހާދުގެ އަގު ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން އަދާކޮށް، ރަމްޒެއްގެ ގޮތުގައި ދޭ އިނާޔަތެއް ކަމަށެވެ.

އިނާޔަތް ދެވޭނެ ގޮތް ވެސް ގެޒެޓުކޮށްފައިވާއިރު، ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާގެ މެމްބަރުންގެ ތެރެއިން މައިންބަފައިންނާއި ދަރިން އަދި ހުވަފަތް އަނބިން ކުރެ ކޮންމެ މީހަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ލިބޭނެ އެވެ. އަދި ހުރަވީ ރަން މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 9،000ރ. ގެ ، ހުރަވީ ރިހި މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 8،000ރ، އަދި ހިތްވަރު ގަދަކަމުގެ ކުލަ ލިބިފައިވާ މީހުންނަށް މަހަކު 6،000ރ. ގެ އިނާޔަތެއް ދިނުމަށް ވެސް އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ދުވަހު ޝަހީދުވީ ޖުމްލަ 19 ދިވެހިންނެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ސިފައިންނެވެ.

މި އުސޫލުގައިވާގޮތުން، އިނާޔަތް ދެވޭނީ އިނާޔަތް ލިބޭ މީހާ މަރުވަންދެންނެވެ. އަދި މަރުވުމަށް ފަހު އެއް މަހުގެ މުއްދަތުގެ ތެރޭގައި އާއިލާއިން މިނިސްޓްރީ އަށް އެކަން އަންގަން ޖެހޭނެ އެވެ.

ގުޅުންހުރި ލިޔުންތައް