ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

މަސައްކަތުގެ މައިދާނުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބާއްވައިފި

ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އާއި ސަރުކާރު ނިސްބަތްވާ ކުންފުނިތަކުގެ މެދުގައި މަސައްކަތުގެ މައިދާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނީމަސައްކަތުގެ މައިދާނުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށް، އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް (އޯޝް)ގެ މިންގަނޑުތަށް ކަނޑައެޅުމަށް ބޭއްވުނު މި ބައްދަލުވުމުގައި، މަސައްކަތުގެ މައިދާނުގައި ދިމާވާ އެކި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ. މިގޮތުން، ތަފާތު ވަޒީފާގެ މާހަޢުލުތަކާއި، މަސައްކަތުގެ މައިދާނުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގެ އިތުރުން މިފަދަ މާހަޢުލުގައި ބޭނުންކުރެވޭ ނުރައްކާތެރި ތަކެއްޗާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ.

މަޝްވަރާ ބައްދަލުވުމުގެ ތެރެއިން | ފޮޓޯ: މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ

އޯޝް އަކީ އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ ފަރާތުން މުވައްޒަފުން ވަޒީފާ ޢަދާކުރަމުންދާ މާހަޢުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން، އައިއެލްއޯ އިން ދަނީ ދިވެހިރާއްޖެ ފަދަ އެކި ޤައުމުތަކާއި މަޝްވަރާ ބައްދަލުވުންތަށް ބާއްވައި އޯޝް އާ ގުޅޭ ލަފަޔާއި އިރުޝާދު ފޯރުކޮށްދެމުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އެލްއާރްއޭގެ ފަރާތުން ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އިތުރުން އެހެނިހެން ސަރުކާރު ނިސްބަތްވާ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް