ހޯމަ, މާރޗް 17, 2025
spot_img
- Advertisement -spot_img

ރާއްޖޭގެ ފަރުތަކުގައި ”މުރަކަ ވިއްސާ“ މަޝްރޫޢު ވަޒީރު ޝިޔާމް އިފްތިތާހު ކޮށްދެއްވައިފި

ރާއްޖޭގެ ފަރުތައް އިޔާދަ ކުރުމަށް ކުރިއަށްގެންދަން ނިންމާފައިވާ ”މުރަކަ ވިއްސާ“ މަޝްރޫޢު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިޕްރޮޖެކްޓްގެ އިފްތިތާހުކުރުމަށް ”ރީފް ސީޑް ޑެމޮންސްޓްރޭޝަން ޑޭ“ ގެ ނަމުގައި ޚާއްސަ ހަރަކާތެއް މިއަދު ވަނީ ކ. މަނިޔަފުށީގައި ބާއްވާފައެވެ. މި ޕްރޮޖެކްޓަކީ، ކޮރަލް ރިސާރޗް އެންޑް ޑިވެލޮޕްމަންޓް އެކްސެލެރޭޓަރ ޕްރޮގްރާމް (ކޯޑެޕް)ގެ އެހީގައި ހިންގޭ 3 އަހަރު ދުވަހުގެ ޕްރޮޖެކްޓެކެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަޔތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ”ރީފްސީޑް ސިސްޓަމް“ގެ ނަމުގައި، މުރަކައިގެ ބިސް އަދި ލާރވޭ ބޭނުންކޮށްގެން މުރަކަ އާލާކުރުމުގެ ޚާއްސަ އެކުއަކަލްޗަރ ކޮންޓެއިނަރ ސިސްޓަމެއް އޮސްޓްރޭލިޔާގައި ތައްޔާރުކޮށް، އެ ސިސްޓަމް މިހާރު ވަނީ ކ.މަނިޔަފުށީގައި ހިންގާ މެރިކަލްޗަރ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ބަހައްޓާފައި ކަމަށެވެ.

ރާއްޖޭގެ ފަރުތަކުގައި ”މުރަކަ ވިއްސާ“ މަޝްރޫޢު ވަޒީރު ޝިޔާމް އިފްތިތާހު ކޮށްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިގޮތުން ރާއްޖޭގައި ޢާންމުކޮށް މުރަކަ ވިހާ ދުވަސްވަރު ކަމަށްވާ ފެބްރުވަރީ އާއި މެއި މަހާއި ދެމެދެ ރީފްސީޑް ސިސްޓަމްގެ ބޭނުންކުރުން ފަށައި އަދި ސިސްޓަމްގެ ޒަރީއްޔާއިން ފަރުތައް އިޔާދަކުރުން ތަޖުރިބާ ކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަން  އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އެ ވުޒާރާއިން ހާމަކުރި ގޮތުގައި މި ސިސްޓަމްގައި މުރަކައިގެ ބިސް، އެކުއަކަލްޗަރ ފަންނުތައް ބޭނުންކޮށްގެން، ލާރވޭގެ ސްޓޭޖުން ފަރުތަކުގައި އަށަގަންނަ މިންވަރަށް ބޮޑުކޮށް އަދި ކަނޑައެޅޭ ފަރުތަކަށް ބަދަލުކޮށް، މި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ފުޅާ ދާއިރާއެއްގައި ފަރުތައް އިޔާދަކުރުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމުގެ ދިރާސާ މަސައްކަތްތައް ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް