މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުންތައް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން އަދި އެމްޓީސީސީ އާއިއެވެ. އެގޮތުން މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރުންނާއި ރަށްތަށް މިވަނީއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ހދ. ނެއްލައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ތަރައްޤީކުރުމުގެ މަސައްކަތް
ށ. ނޫމަރާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް
ނ. ހެނބަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް
ރ. އިނގުރައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް
ބ. ކުޑަރިކިލުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް
ތ. ވޭމަންޑޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް
ތ. ހިރިލަންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް
ސ. ފޭދޫ ހިއްކި ސަރަޙައްދުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް

އެމްޓީސީސީ
ހއ. ބާރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް
ބ. މާޅޮސް 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް
އއ.ފެރިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް

މި އެއްބަސްވުންތަކުގެ ތެރެއިން ށ.ނޫމަރާ އަދި ތ .ވޭމަންޑޫގައި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ނިންމަންހަވާލުކޮށްފައި ވަނީ 550 ދުވަހެވެ. އަދި މީގެ އިތުރުން ބާކީ ހުރިރަށްތަކުގެ މިސްކިތް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަހަށެވެ.
މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހުއެވެ. މީގެ އިތުރިން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢުތަކުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީއެވެ.