ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރ ތަމްސީލް ކުރައްވަން ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.
އެގޮތުން އައްޔަން ކުރައްވާފައިވަނީ އަހްމަދު ސަރުވަޝް އާދަމް އާއި އަބުދުލް މަޖީދު އަލީ އެވެ. މީގެތެރެއިން ސަރުވަޝް އަކި ފިނޭންސް މިނިސްޓްރީގައި ގިނަ ދުވަސްވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ގެ ބޯޑަށް ޕްރައިވެޓް ސެކްޓަރ މެންބަރަކު ހޯދަން އިއުލާން ކުރީ މިދިޔަ ހަފްތާގައެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ ހަތަރު މެންބަރުންގެ ތިއްބަވައެވެ.
އެ އޮފީހުން ބުނީ ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ޤާނޫނުގައި ވާގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން އެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ތިން ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީންކުރާނެ ކަމަށެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.