މި ރޯދަމަހުގެ ފަހު 10އެއްގައި މާލޭ ސަރަހައްދުގައި 34 މިސްކިތެއްގައި ދަމު ނަމާދުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ވަނީ ރޯދައިގެ ފަހު 10 އެއްގައި މާލޭ ސަރަހައްދުގައި ދަމު ނަމާދުކުރާނެ މިސްކިތްތަކާއި އިއުތިކާފަށް ތިބެވޭނެ މިސްކިތްތައް މިއަދު އިއުލާންކޮށްފައެވެ. ދަމު ނަމާދު 34 މިސްކިތެއްގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލޭގެ 21 މިސްކިތަކާއި ވިލިމާލެގެ ތިން މިސްކިތަކާއި ހުޅުމާލެ ފޭސް 1ގެ ހަ މިސްކިތަކާއި ފޭސް 2 ގެ ހަތަރު މިސްކިތެއްގައެވެ.
މާލޭގައި ދަމު ނަމާދުކުރާ މިސްކިތްތައް
އިސްލާމީ މަރުކަޒު
ސަލްމާން މިސްކިތް
ވިޔަފާރިވެރިންގެ މިސްކިތް
ފުރްޤާން މިސްކިތް
ނޫރު މިސްކިތް
ޝަހީދު އަލީ މިސްކިތް
ތައިބާ މިސްކިތް
ދުނބުރި މިސްކިތް
ފަނޑިޔާރު މިސްކިތް
ބަންޑާރަ މިސްކިތް
ސަލާހުއްދީން މިސްކިތް
ޖަލާލުއްދީން މިސްކިތް
އިބްރާހީމް މިސްކިތް
އިސްކަންދަރު މިސްކިތް
ބޮޑުގެ މިސްކިތް
ރަން މިސްކިތް
ފައިފުހޭ މިސްކިތް
މާވެޔޮ މިސްކިތް
ޢަފީފުއްދީން މިސްކިތް
މާފަންނު އާމިސްކިތް
ޒިކުރާ މިސްކިތް
ވިލިމާލޭގައި ދަމު ނަމާދުކުރާ މިސްކިތްތައް
މަސްޖިދުލްބިއްރި
މަސްޖިދުއްސަލާމް
މަސްޖިދުލްއިހްލާސް
ހުޅުމާލެ ފޭސް 1 ގައި ދަމު ނަމާދުކުރާ މިސްކިތްތައް
ވައްގުއްބު މިސްކިތް
ރަޝީދު މިސްކިތް
އަޒީޒާ މޫސާ މިސްކިތް
އަސްދިގާ މިސްކިތް
ވާލިދައިނި މިސްކިތް
މުހައްމަދު މިސްކިތް
ހުޅުމާލެ ފޭސް 2 ގައި ދަމު ނަމާދުކުރާ މިސްކިތްތައް
ހަސަން އާދަމް މިސްކިތް
އަމީލް ޖަލީލް
މަސްޖިދު އަބީބަކުރިނިއްސިއްދީޤު
މަސްޖިދު ޢުސްމާނު ބިން އްއްފާން
މި ރޯދަމަހު މާލޭގެ 10 މިސްކިތެއްގއި އިއުތިކާފަށް ތިބެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުހިއްމު ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެގޮތުން މާލެ އާއި އަތޮޅުތަކުގައި އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދިއުމުގެ އިތުރުން، މިސްކިތްތަކުގައި ސިލްސިލާ ދަރުސްތައް ކުރިއަށްގެންދެއެވެ.