ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

އދ. އަރިޔަދޫގައި ”ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރެއް“ ޤާއިމްކޮށް ރާއްޖޭގައި ރުއް އާލާ ކުރުމަށް ހިންގާ ގައުމީ ޕްރޮގްރާމެއް ފަށަނީ

ރާއްޖޭގައި ރުއް އާލާ ކުރުމަށް ހިންގާ ގައުމީ ޕްރޮގްރާމުގެ ދަށުން އދ. އަރިޔަދޫގައި ”ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރެއް“ ގާއިމުކޮށް އެ ރަށަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމަފިއެވެ.

މިގޮތަށް ނިންމާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. ވަޒީރުންގެ މަޖިލީހުގެ މި ބައްދަލުވުމުގައި ވަނީ ރާއްޖޭގައި ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި ”ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓާ“ އެއް ގާއިމުކޮށް ރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަން ވަނީ ނިންމާފައެވެ.

ކާށި ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ އިރު، ރާއްޖޭގައި މިވަގުތު ހުރީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެކެވެ. އަރިޔަދޫގައި ހިންގާ މަޝްރޫއުގެ ސަބަބުން ރުކުގެ ބާވަތްތަށް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި، ކާނާގެ ޔަގީންކަން ވެސް އިތުރުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ރަށުގެ ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި، ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި، ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައް ވެސް އަރިޔަދޫގައި އުފައްދާނެ ކަމަށް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ މިކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާރޗް އަރިޔަދޫގަ ފަށައި، ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތްތައްވެސް އެރަށުގައި ކުރިއަށް ގެންދާނެއެވެ.

އަދި މިސެންޓަރު ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށްޓަކައި ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލާނެކަމަށް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް