ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް އެންސީއެސް އާއި މިފްކޯ ގުޅިގެން މަސައްކަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް ނޭޝަނަލް ކެރިއާ ސާވިސަސް (އެންސީއެސް) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގުޅިގެން މަސައްކަތް ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފްކޯއިން ހުޅުވާލާ ވަޒީފާގެ ފުރުސަތުތަކުގައި ދިވެހި ޒުވާނުންނަށް އިސްކަންދިނުމާއި، އެންސީއެސްގެ އެހީތެރިކަމާއެކު މި ވަޒީފާތަކަށް ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިފްކޯގެ އަމާޒަކީ ދިވެހި ޒުވާނުންނަށް ފުރުސަތު ދިނުމެވެ. އަދި ބޭނުންވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ދިވެހިންގެ ދައުރު އިތުރުކުރުމަށެވެ.

މިކަމާއި ގުޅޭގޮތުން އެންސީއެސްގެ ސީއީއޯ އާމިނަތު ނަހުލާ ވިދާޅުވީ، މި އެއްބާރުލުމުގެ ސަބަބުން ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބި، އެމީހުންގެ ހުނަރު އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް އިސްކަންދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މި މަސައްކަތަކީ އެ ވައުދު ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މި ޕްރޮގްރާމުގެ ދަށުން ކުރިއަށް އޮތް އަހަރު ތެރޭގައި 500 އަށްވުރެ ގިނަ ދިވެހި ޒުވާނުންނަށް މިފްކޯގައި ވަޒީފާ ލިބޭނެ ކަމަށް އެފަރާތުން އަންދާޒާކުރެއެވެ. މީގެ އިތުރުން، ވަޒީފާއަށް ވަނުމުގެ ކުރިން ބޭނުންވާ ތަމްރީނުތައް އެންސީއެސް މެދުވެރިކޮށް މުވައްޒަފުންނަށް ފޯރުކޮށްދެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް