- Advertisement -spot_img

ކޯޓުގެ ހުރުމަތް ކަނޑާލުމުން އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ހުކުމް ކޮށްފި

ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ކުށް ސާބިތުވެ، އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ޖަލަށްލާން ހުކުމް އިއްވީ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާނާއި ނޫސްވެރިޔާ ލީވާން އަލީ ނާސިރެވެ.

އެ ދެ މީހުން މިއަދު ކޯޓަށް ހާޒިރުކޮށް، ޖަވާބުދާރީވުމުގެ ފުރުސަތު ދިނެވެ. 

އެ ހުކުމް އިއްވީ އަދަދު ނޫހުން ނެރުނު އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ އަމުރާ ޚިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީ ކަމަށް ހުކުމްގައިވެ އެވެ.

ގުޅުންހުރި ލިޔުންތައް