- Advertisement -spot_img

އެމްޕީއެލްގެ ބޯޑު މެންބަރު ކަމަށް ލަމްއާން އައްޔަންކޮށްފި

އެމްއޭސީއެލްގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާދެއްވި މުހައްމަދު ލަމްއާން އެމްޕީއެލްގެ ބޯޑު މެންބަރުކަމަށް އައްޔަންކޮށްފިއެވެ.

ލަމްއާން ވަނީ އިދިކޮޅު ފަރާތްތަކުން އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

ލައްމާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްއޭސީއެލްގައި ހޭދަކުރި މުއްދަތުގައި އެއްވެސް ވައްކަމެއް ހިންގާފައި ނުވާނެ ކަމަށާއި އޭނާގެ މައްޗަށް އަމާޒުވެފައިވާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރާ ކަމަށެވެ. 

”އެމްއޭސީއެލްގައި ހޭދަކުރި މުއްދަތުގައި ކުރެވުނު މަސައްކަތާ މެދު ފަހުރުވެރިވޭ އަދި އެކަން ގިނަ މީހުންނަށް ފެންނާނެ. ކުރި މަސައްކަތަކީ ވައްކަންކުރުމޭ ބުންޏަސް ހެޔޮ، އެކަމަކު އެ ހުރިހާ ތުހުމަތެއް އަހަރެން ދޮގުކުރަން،“ އޭނާ ވިދާޅުވި އެވެ.

ލަމްއާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމް ވެސް އަދާކޮށްފައެވެ. މީގެއިތުރުން މިފްކޯގެ އިސް މަގާމްތަކެއް ވެސް އޭނާ ފުރުއްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް