ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

‏ބަޖެޓު ދެކޮޅު ނުޖެއްސިގެން ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުން ނެގި 1.5 ބިލިޔަން ރުފިޔާ މިސަރުކާރުން އަނބުރާ ދައްކައިފި

ބަޖެޓު ދެކޮޅު ނުޖެއްސިގެން ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުން ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިޔަން ރުފިޔާ) އިންޓަރެސްޓާއެކު ރައީސް މުޢިއްޒުގެ ސަރުކާރުން އަނބުރާ ދައްކައިފިއެވެ.

ކާގިލް ފައިނޭންޝަލް ސަރވިސް އިން 2022 ވަނަ އަހަރު ނެގި އެ ލޯނު މި ސަރުކާރުން ދައްކާ ނިންމާފައިވަނީ މި މަހުގެ ތެރޭގައި ކަމަށް ސަރުކާރުގެ އިސް އޮޕިޝަލަކު ވިދާޅުވިއެވެ.

މި ސަރުކާރުން ބަރާބަރަށް ލޯނުތައް ދައްކަމުން އަންނަކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ދިވެހި ދައުލަތަށް ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގެ ޒިންމާ މި މަހުވެސް އަދާކޮށްފައިވާ ކަމަށާއި، މިހާތަނަށް އެއްވެސް ދަރަންޏެއް ޑިފޯލްޑް ވެފައި ނެތް ކަމަށެވެ.

ބަޖެޓަށް ދަތިވެގެން އެމްޑީޕީން މިލޯނު ނެގީ 7.15 އިންޓަރެސްޓު ރޭޓުގައި ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. އެހެންކަމުން އެ ލޯނު އަނބުރާ ދެއްކުމަށް މިސަރުކާރުން 26 މިލިޔަން ޑޮލަރު އިންޓަރެސްޓަކާއެކު ވަނީ ދައްކާފައެވެ.

އެމްޑީޕީގެ ވެރިކަމުގައި އިތުރު ލޯނުތައް ވެސް ވަނީ ނަގާފައެވެ. އެގޮތުން ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކު ގުޅިގެން ނެގި 1.6 ބިލިއަން ރުފިޔާގެ ލޯނާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން ނެގި 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ގެ ލޯނެއްވެސް އެމްޑީޕީން ނަގާފައިވެއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ވާރުތަވެފައި އޮތް ދަރަނިތައް ފޫބެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ކޮށް، ނަތީޖާ ނެރެފައެވެ. އެ ދަތިކަމުން އަރައިގަނެ، މިއަހަރުން ފެށިގެން ސަރުކާރުގެ މަޝްރޫޢުތަކުގައި ޢަމަލީ ކުލަ ޖެހިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް