spot_img

އިޤްތިޞާދީ ދަތި ޙާލަތުގައިވެސް ސަރުކާރުން އަންނަނީ އޭގެ ބުރަ ރައްޔިތުންނަށް ނުޖެހޭނެގޮތަށް ރާވަމުން: ސަޢީދު

ބާޒާރުގައި ކާބޯތަކެއްޗަށާއި ތެލަށާއި ގޭހުގެ އަގުތަކަށް އަންނަ ބަދަލުތައް އެއްވެސް ގައުމަކަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި ނަމަވެސް އެ ބުރަ ރައްޔިތުންނަށް ވީހާވެސް ކުޑަކޮށް ނަގަންޖެހޭގޮތަށް ސަރުކާރުން ކަންކަން ރާވާފައިވާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީއަށް ހއ. ފިއްލަދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޕީއެންސީ މައި ޖަގަހާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ، އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާ، މި ދުވަސްވަރު އެތައް ގައުމެއް ތެލާއި ގޭހާއި ކާޑަށް ޖެހިފައިވާކަމަށެވެ. ބާޒާރުގައި ކާބޯތަކެއްޗަށާއި ތެލަށާއި ގޭހުގެ އަގުތަކަށް އަންނަ ބަދަލުތައް އެއްވެސް ގައުމަކަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި ނަމަވެސް އެ ބުރަ ރައްޔިތުންނަށް ވީހާވެސް ކުޑަކޮށް ނަގަންޖެހޭގޮތަށް ސަރުކާރުން ކަންކަން ރާވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

”މިއަދު އަޅުގަނޑުމެންނަށް ދުނިޔޭގެ ގައުމުތަކުން އެ ދަނީ ބުނަމުން، އެ މީހުން ތިއްބަކަ އިރާދަކުރެއްވިއްޔާ އިންޝާالله، ދިވެހިރާއްޖެ ތެލަކަށްވެސް ނުޖެހޭނެޔޭ، ގޭހަކަށްވެސް ނުޖެހޭނެޔޭ، ކާޑަކަށްވެސް ނުޖެހޭނެޔޭ.“ އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ގޭހުގެ އަގު ބޮޑުވިޔަކަ ނުދޭނެ ކަމަށާއި، ކާބޯތަކެތީގެ އަގުތައް ނުއުފުލޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

spot_img

ގުޅުންހުރި ލިޔުންތައް