- Advertisement -spot_img

ޔުނިވާސިޓީގެ ދަރިވަރު މަރުވުމުގެ ކުރިން ފުލުހުންނަށް މެސެޖްކުރި: އިހްސާން

ގައުމީ ޔުނިވާސިޓީގެ މަޖްދުއްދީން ދަނާލުގައި ދިރިއުޅެމުންދިޔަ ދަރިވަރަކު މިދިޔަ ހޯމަ ދުވަހު އަމިއްލައަށް މަރުވުމުގެ ކުރިން ފުލުހުންނާ މުއާމަލާތް ކުރަމުންދިޔަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. 

ދަނާލުގައި މަރުވީ އުމުރުން 18 އަހަރުގެ ދަރިވަރެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ ދަނާލުގައި މަރުވި ކުއްޖާ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓަށް ހަތް ފަހަރު މެސެޖުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން ވެސް އެ ދަރިވަރަށް ދެ ފަހަރު މެސެޖު ކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެ ދަރިވަރު މަރުވެފައި ހުރި މަންޒަރު ފެނުނީ ފުލުހުން ދަނާލަށް ގޮސް ބެލިބެލުމުން ކަމަށް އިހްސާން ވިދާޅުވި އެވެ.

”ކޮޓަރީގެ ބޮކިތައް ނިއްވާފައި ހުރުމުން ފެން ލައިޓު ތްރޫކޮށް ބެލިއިރުގައި މި ހަދިސާ ހިނގާފައިވާ ތަން ފެނުނު. އެ ހިސާބުން ފެން ލައިޓުގެ ޒަރިއްޔާއިން ފުލުހުން ސީނަށް ވަދެފައި ވަނީ،“ އިހުސާން ވިދާޅުވި އެވެ. 

މަރުވި ކުއްޖާ އާއި ފުލުހުންނާ ދެމެދު ކޮށްފައިވާ މުއާމަލާތް

އޭޕްރީލް 20، ވަނަ ދުވަހުގެ ރޭ 20:40 – ދަރިވަރު: ”އައި އެމް ސޯ ކްލޯސް ޓު ގިވް އަޕް“

20:49 – ވިކްޓިމް ސަޕޯޓް ޔުނިޓް: ”ހައި. ވުޑް ޔޫ ލައިކް ޓު ޝެއާ ވިތު އަސް“ 

20:50 – ދަރިވަރު: ”އައި ޖަސްޓް ކާންޓް ކޮންޓްރޯލް މައި ތޯޓްސް“ 

20:53 – ދަރިވަރު: ”ޕްލީޒް ޑޯންޓް ކޯލް އެނީވަން“ 

20:53 – ދަރިވަރު: ”އައި އެމް އޯކޭ. އައި އެމް ގޮއިން ޓު ބީ އޯކޭ“ 

20:53 – ދަރިވަރު: ”އައި ހޭވް ބީން އޯކޭ“ 

20:53 – ދަރިވަރު: ”އައި އެމް ގޮއިން ފޯ އަ ވޯކް“ 

23:38 – ދަރިވަރު: ”އައި އެމް ގޯން“ 

00:42 – ވިކްޓިމް ސަޕޯޓް ޔުނިޓް: ”ވަޓް ޑޫ ޔޫ މީން ބައި ދެޓް. ހައު ކޭން އައި ހެލްޕް ޔޫ. ވުޑް ޔޫ ލައިކް ޓު ގޯ ޓު ހޮސްޕިޓަލް އޯ ޓޯކް ޓު މީ. 

00:57 – ދަރިވަރުގެ ވައިބާ ނަންބަރު އޮފްލައިން ވި 

01:02 – ދަރިވަރުގެ ބޭބެއަށް ފުލުހުން ގުޅި. އެހީތެރިކަން ފޯރުކޮށްދިނުމަށް އެދުން. ދަރިވަރުގެ ބޭބެއަށް 00:36 ގައި  މެސެޖެއް ކޮށްފައިވާ ކަމަށް އެނގުނު. އެ މެސެޖުގައި ބުނެފައި ވަނީ، ”އައި އެމް ނޮޓް ބޮދާޑް“. 

01:03 – ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓުން ފުލުހުންގެ ކޮމާންޑަށް ގުޅައި ދަނާލަށް ފުލުހުން ފޮނުވައިދިނުމަށް އެދުނު

01:04 – ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ އިންވެސްޓިގޭޝަން އޮފިސަރަށް އެ މައުލޫމާތު ލިބުނު

01:08 – ފުލުހުން ދަނާލަށް ދިޔަ 

01:14 – ދަރިވަރުގެ ކޮޓަރިއަކީ ކޮބައިކަން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ 

01:32 – ދަރިވަރުގެ ކޮޓަރިއަކީ ކޮބައިކަން ހޯދުނު. އަދި ކޮޓަރީގެ ފެން ލައިޓުން ބެލި އިރު ހާދިސާ ހިނގާފައި ހުރި މަންޒަރު ފުލުހުންނަށް ފެނުނު. 

ގުޅުންހުރި ލިޔުންތައް