- Advertisement -spot_img

ތިމަރަފުށީ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ނިންމާލައިފި

ތ. ތިމަރަފުށީގެ ފުޓްސަލް ދަނޑު ޤާއިމު ކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައި ވާކަމުގައި އާރުޑީސީއިން ބުނެފިއެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އާރުޑީސީއިން ބުނެފައިވަނީ ތިމަރަފުށީ ގައި ގާއިމްކުރާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލެވިފައި ވާ ކަމަށެވެ.

އާރުޑީސީއިން އިތުރަށް ބުނެފައިވަނީ މި މަޝްރޫއުގެ މަސައްކަތުގައި ތިމަރަފުށީ އާރުޑީސީގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި ތިމަރަފުށީގައި ގާއިމްކުރެވިގެންދާ ފުޓްސެލް ދަނޑުގެ މަސައްކަތަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގޭ މަޝްރޫއެއް ކަމުގައިވެސް އާރުޑީސީގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

އާރުޑީސީއިން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް